އުތުރު އެމެރިކާގެ ފުޓްބޯޅަ މުބާރާތްތައް ކަމަށްވާ ކޮންކަކަފް ގޯލްޑް ކަޕާއި ޗެމްޕިއަންސް ލީގުގެ މެޗުތައް ގިނަ އިން ހޯސްޓްކުރާ ސިއޭޓަލް ސްޓޭޑިއަމަކީ އެމެރިކާގެ ފުޓްބޯޅަ ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ ހިތްގައިމު ދަނޑު ކަމުގައި ގިނަ ބަޔަކު ބުނޭ. ޖުމްލަ އެކު، 69000 ސަޕޯޓަރުންނަށް ވަދެވޭ މި ސްޓޭޑިއަމް އަކީ، އެންއެފްއެލްގެ ސިއޭޓަލް ސީހޯކްސްގެ ހޯމް މެޗުތައް ކުޅޭ ދަނޑު. މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމާއި ގަދަ 16 ޓީމުގެ ބުރުގެ މެޗުތަކެއް ކުޅޭނެ.