← ހުރިހާ ދަނޑެއް
ލެވިސް ސްޓޭޑިއަމް
🇺🇸 އެމެރިކާ · ސެން ފްރެންސިސްކޯ ބޭ

ލެވިސް ސްޓޭޑިއަމް

CAPACITY
71,000
CITY
ސެން ފްރެންސިސްކޯ ބޭ
FIFA NAME
ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް

ކެލިފޯނިއާގައި 2014 ވަނަ އަހަރު ހުޅުވި ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމަކީ، މަޝްހޫރު އެންއެފްއެލް ޓީމު، ސެން ފްރެންސިސްކޯ 49އާސްގެ ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމް. ސްޓޭޑިއަމް ހުޅުވިތާ ދެ އަހަރު ފަހުން ސުޕަ ބޯލް 50 ވެސް ކުރިއަށްދިޔަ މި ސްޓޭޑިއަމަކީ 71000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް. މި ފަހަރުގެ ވޯލްޑް ކަޕްގެ ހަ މެޗެއް މި ދަނޑުގައި ކުޅެން ނިންމާފައިވާއިރު، އޭގެ ތެރޭގައި، ގަދަ 32 ޓީމު ވާދަކުރާ ބުރުގެ މެޗެއް ވެސް ހިމެނޭ.