← ހުރިހާ ދަނޑެއް
އެސްޓާޑިއޯ ބީބީވީއޭ
🇲🇽 މެކްސިކޯ · މޮންޓެރޭ

އެސްޓާޑިއޯ ބީބީވީއޭ

CAPACITY
53,500
CITY
މޮންޓެރޭ
FIFA NAME
އެސްޓާޑިއޯ މޮންޓެރޭ

މެކްސިކޯގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ގާއިމްކޮށްފައިވާ މޮންޓެރޭ ސްޓޭޑިއަމް ނޫނީ އެސްޓަޑިއޯ ބީބީވީއޭ އަކީ 53،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެއް. ގިނަ އަދަދެއްގެ ޓުއަރިސްޓުގެ ލޯ އަމާޒުވާ މި ސްޓޭޑިއަމް ސަަަރަހައްދަކީ ވަށައިގެން، ފަރުބަދަ ހުންނަ ތަނެއް. މިއުޒިއަމްތަކާއި ތަފާތު އެތައް ކަމެއް މި ސަރަހައްދުން ފެންނަން ހުންނައިރު، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަތަރު މެޗެއް މި ދަނޑުގައި ހޯސްޓްކުރާނެ. އޭގެ ތެރޭގައި ހިމެނެނީ، ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ އިތުރުން، ގަދަ 32 ޓީމު ވާދަކުރާ ބުރުގެ މެޗެއް.

“ދި ސްޓީލް ޖަޔަންޓް” ގެ ނަމުން ނަން ދެވިފައިވާ މި ސްޓޭޑިއަމް ހުޅުވިފައިވަނީ، ޒަމާނީ ގިނަ ވަސީލަތްތައް ހިމެނޭ ގޮތަށް މީގެ 11 އަހަރު ކުރިން، 2015 ވަނަ އަހަރު. އަދި، މި ދަނޑުގައި މެޗު ބަލަން ހުންނަ ސަޕޯޓަރުންނަށް ގާތްގަނޑަކަށް 6000 ފޫޓު ހުންނަ ސެރަ ޑެ ލަ ސިލާ ފަރުބަދައިގެ ވިއު ފެންނަން ހުންނާތީވެ، ގިނަ ބަޔެއްގެ މެދުގައި މި ދަނޑުގައި ކުޅޭ މެޗެއް ބަލާލުމުގެ ޝައުގުވެރިކަން ވަނީ އުފެދިފައި.