← ހުރިހާ ދަނޑެއް
އެސްޓާޑިއޯ އެކްރޯން
🇲🇽 މެކްސިކޯ · ގުއަޑަލަހާރާ

އެސްޓާޑިއޯ އެކްރޯން

CAPACITY
48,000
CITY
ގުއަޑަލަހާރާ
FIFA NAME
އެސްޓާޑިއޯ ގުއަޑަލަހާރާ

ގުއަޑަލަޖާރާ އަކީ މެކްސިކޯގެ ގަދީމީ ސަގާފަތް ދައްކުވައިދޭ ސަރަހައްދެެއް، އެ ސަރަހައްދުގެ މައި އެއް މަރުކަޒުގެ ގޮތުގައި މަޝްހޫރުވެފައިވާ، އެކްރަން ސްޓޭޑިއަމަކީ މި ފަަހަރުގެ ވޯލްޑް ކަޕްގެ ހަތަރު މެޗެއް ކުޅެން ހަމަޖެހިފައިވާ ސްޓޭޑިއަމެއް. ޖުމްލަ އެކު، އެއް ފަހަރާ 50،000 އެއްހާ ސަޕޯޓަރުންނަށް މެޗު ބަލަން ވަދެވޭ މި ސްޓޭޑިއަމްގައި ކުޅޭ ހަތަރު މެޗަކީ ވެސް މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް. އެ ގޮތުން، މެކްސިކޯގެ މެޗެއްގެ އިތުރުން، ކޮލަމްބިއާގެ މެޗެއް ވެސް މި ދަނޑުގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، އުުރުގުއޭ އާއި ސްޕެއިންގެ ވަރުގަދަ ކުރިމަތިލުން ވެސް އޮތީ މި ދަނޑުގައި.

މިއުޒިކް ފެސްޓިވަލާއި އެކި ކަހަލަ ބޮޑެތި އިވެންޓްތައް ބާވާ ގުއަޑަލަޖާރާ ސްޓޭޑިއަމްގައި މީގެ ކުރިން، ދެކުނު އެމެރިކާގެ ކްލަބް ފުޓްބޯޅައިގެ މައި މުބާރާތް، ކޮޕަ ލިބެޓަޑޯރެސްގެ ފައިނަލް މެޗު، 2010 ވަނަ އަހަރު ކުރިއަށް ގެންގޮސްފަައިވޭ. އޭގެ އިތުރުން، ޕޭން އެމެރިކާ ގޭމްސް، 2011 ވަނަ އަހަރު މެކްސިކޯގައި ހޯސްޓްކުރިއިރު، އެ ގޭމްސްގެ ހުޅުުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ބާއްވާފަައިވަނީ، ސެކިއުރިޓީގެ ގޮތުން، ދެކުނު އެމެރިކާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓޭޑިއަމް ކަމަށްވާ ގުއަޑަލަޖާރާ ސްޓޭޑިއަމްގައި.