ޑަލަސް ސްޓޭޑިއަމަކީ 94000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް. ޓެކްސަސްގައި ގާއިމުވެފައިވާ މި ސްޓޭޑިއަމަކީ އެންއެފްއެލްގެ އެންމެ ބޮޑެތި މެޗުތައް ކުޅޭ ދަނޑު. އުތުރު އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ގޯލްޑް ކަޕްގެ މެޗުތައް އެންމެ ގިނައިން ހޯސްޓްކުރާ ޑަލަސް ސްޓޭޑިއަމް އަކީ މަޝްހޫރު އެންއެފްއެލް ޓީމު ޑަލަސް ކައުބޯއީސްގެ ހޯމް މެޗުތައް ކުޅޭ ދަނޑު. މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނުވަ މެޗެއް މި ދަނޑުގައި ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައި. އޭގެ ތެރޭގައި ސެމީ ފައިނަލް މެޗެއް ވެސް ހިމެނޭ.