← ހުރިހާ ދަނޑެއް
ޖިލެޓް ސްޓޭޑިއަމް
🇺🇸 އެމެރިކާ · ބޮސްޓަން

ޖިލެޓް ސްޓޭޑިއަމް

CAPACITY
65,000
CITY
ބޮސްޓަން
FIFA NAME
ބޮސްޓަން ސްޓޭޑިއަމް

ފޮކްސްބަރޯގައި ހުންނަ ބޮސްޓަން ސްޓޭޑިއަމް އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ބޮޑަށް ތަރައްގީ ކުރަމުން އަންނަ ސްޓޭޑިއަމް. ފީފާ ވިމެންސް ވޯލްޑް ކަޕް، 2003 ވަނަ އަހަރު އެމެރިކާގައި ހޯސްޓްކުރިއިރު، ގިނަ މެޗުތަކެއް ބޮސްޓަން ސްޓޭޑިއަމްގައި ވަނީ ކުޅެފައި. ބޮސްޓަން ސްޓޭޑިއަމްގެ މަރާމާތުތައް މި ފަހަރު ކުރަނީ، ޒަމާނީ މޮޑަލަށް ވިސްނައިގެން. އެންއެފްއެލްގެ ނިއު އިންގްލެންޑް ޕެޓްރިއަޓްސް އާއި އެމްއެލްއެސްގެ ނިއު އިންގްލެންޑް ރިވޮލޫޝަންގެ ހޯމް މެޗުތައް ކުޅޭ ބޮސްޓަން ސްޓޭޑިއަމްގައި ވޯލްޑް ކަޕްގެ ހަތް މެޗެއް ކުޅޭނެ.