← ހުރިހާ ދަނޑެއް
އެސްޓާޑިއޯ އަޒްޓެކާ
🇲🇽 މެކްސިކޯ · މެކްސިކޯ ސިޓީ

އެސްޓާޑިއޯ އަޒްޓެކާ

CAPACITY
83,000
CITY
މެކްސިކޯ ސިޓީ
FIFA NAME
މެކްސިކޯ ސިޓީ ސްޓޭޑިއަމް

މި ފަހަރުގެ ފީފާ ވޯލްޑް ކަޕަށް މެކްސިކޯ އިން ރަސްމީކޮށް ހަމަޖެއްސި މައި ސްޓޭޑިއަމް އަކީ، މެކްސިކޯ ސިޓީ ސްޓޭޑިއަމް ނޫނީ މަޝްހޫރު ނަމުން ނަމަ އަޒްޓެކާ ސްޓޭޑިއަމް. މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވާ އަޒްޓެކާ ސްޓޭޑިއަމަކީ ގާތްގަނޑަކަށް 88،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެއް. މި ދަނޑަކީ ގާތްގަނޑަކަށް 500 އަހަރުގެ ތާރީހު އެކުލެވިގެންވާ ސްޓޭޑިއަމެއް. މިއީ ފުޓްބޯޅައިގެ ހަރަކާތްތަކުގެ އިތުރުން، މެކްސިކޯގެ އެކިއެކި ބޮޑެތި އިވެންޓްތައް ބާއްވާފައިވާ ތަނެއް.

އެ ގޮތުން، މީގެ ކުރިން މެކްސިކޯ އިން ފީފާ ވޯލްޑް ކަޕް ހޯސްޓްކުރި ދެ ފަހަރު ވެސް މުބާރާތުގެފައިނަލް މެޗު ކުޅެފައިވަނީ އަޒްޓެކާ ސްޓޭޑިއަމްގައި. މީގެ އިތުރުން 1968 ގެ ސަމާ ގޭމްސް އާއި 1971 ވަނަ އަހަރުގެ ވިމެންސް ވޯލްޑް ކަޕްގެ މެޗުތައް ވެސް އަޒްޓެކާ ސްޓޭޑިއަމްގައި ކުޅެފައިވޭ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ޖުމްލަ އެކު، ފަސް މެޗެއް އަޒްޓެކާ ސްޓޭޑިއަމްގައި ހޯސްޓްކުރާ ގޮތަށް ވަނީ ނިންމައިފައި. އޭގެ ތެރޭގައި ހިމެނެނީ، ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ގަދަ 32 ޓީމުގެ ބުރުގެ މެޗެއްގެ އިތުރުން، ގަދަ 16 ޓީމު ވާދަކުރާ ބުރުގެ މެޗެއް.