މި އަހަރުގެ ވޯލްޑް ކަޕްގައި ކެނެޑާއިން ހޯސްޓްކުރާ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެއް ސްޓޭޑިއަމްއަކީ 2007 ވަނަ އަހަރު ހުޅުވި ޓޮރޮންޓޯ ސްޓޭޑިއަމް. މި ސްޓޭޑިއަމަކީ 2007 ވަަނަ އަހަރު ކެނެޑާއިން ހޯސްޓްކުރި ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ބިނާކުރި ސްޓޭޑިއަމެއް. އެ މުބާރާތުގެ ފައިނަލް ވެސް ކުޅުނީ ޓޮރޮންޓޯ ސްޓޭޑިއަމްގައި.
މީގެ އިތުރުން 2014 ވަނަ އަހަރު ކެނެޑާގައި ބޭއްވި ފީފާ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕްގެ މެޗުތައްވެސް މި ސްޓޭޑިއަމްގައި ކުޅުނު.
މި އަހަރުގެ ވޯލްޑް ކަޕަށް ޓޮރޮންޓޯ ސްޓޭޑިއަމްގެ ޖާގަ ވަނީ އިތުރުކޮށްފައި. މީގެ ކުރިން މި ސްޓޭޑިއަމްގައި 28،000 މީހުންގެ ޖާގަ އޮތް ނަމަވެސް، ވޯލްޑް ކަަޕަށް ސްޓޭޑިއަމްގެ ޖާގައަކީ 45،000 މީހުން. ޓޮރޮންޓޯ ސްޓޭޑިއަމް ޒަމާނީ ކުރުމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި.
މި އަހަރުގެ ވޯލްޑް ކަޕްގެ އެއް ހޯސްޓް ކަމަށްވާ ކެނެޑާ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޓޮރޮންޓޯ ސްޓޭޑިއަމްގައި. ވޯލްޑް ކަޕްގެ ޖުމްލަ ހަ މެޗު މި ސްޓޭޑިއަމްގައި ކުޅޭނެ. އެއީ، ގުރޫޕް ސްޓޭޖުގެ ފަސް މެޗާއި ނޮކްއައުޓް ބުރުގެ އެއް މެޗު.