← ހުރިހާ ދަނޑެއް
ބީސީ ޕްލޭސް
🇨🇦 ކެނެޑާ · ވެންކޫވަރ

ބީސީ ޕްލޭސް

CAPACITY
54,000
CITY
ވެންކޫވަރ
FIFA NAME
ބީސީ ޕްލޭސް ވެންކޫވަރ

ބީސީ ޕްލޭސް ވެންކޫވާ އަކީ 1993 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ ސްޓޭޑިއަމެއް. މި އަހަރުގެ ވޯލްޑް ކަޕަށް މި ސްޓޭޑިއަމް އަޕްގްރޭޑްކުރުމަށް، ބޮޑު ހޭދައެއް ވަނީކޮށްފައި.

މި ސްޓޭޑިއަމްއަކީ މޭޖާ ލީގު ސޮކާ (އެމް.އެލް.އެސް)ގެ ވެންކުވާ ވައިޓްކެޕްސްގެ ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމް. އަދި މީގެ އިތުރުން ކެނޭޑިއަން ފުޓްބޯލް ލީގު (ސީ.އެފް.އެލް)ގެ ބީސީ ލަޔަންސްގެ ހޯމް މެޗުތައްވެސް މި ސްޓޭޑިއަމްގައި ކުޅޭނެ. މީގެ އިތުރުން ކެނަޑާ ގައުމީ ޓީމުގެ ބައެއް މެޗުތަކަށްވެސް ބީސީ ޕްލޭސް ބޭނުންކުރޭ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލް ކުޅުނީ ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި. މިއީ، 54،000 ސަޕޯޓަރުންނަށް މެޗު ބަލަން ވަދެވޭހާ ޖާގައިގެ ގޮތުން ތަނަވަސް ސްޓޭޑިއަމެއް

މި އަހަރުގެ ވޯލްޑް ކަޕްގެ ހަތް މެޗު މި ސްޓޭޑިއަމްގައި ކުޅޭނެ. އެއީ ގުރޫޕް ސްޓޭޖުގެ ފަސް މެޗާއި، ނޮކްއައުޓް ބުރުގެ ދެ މެޗު