← ހުރިހާ ޓީމެއް
Switzerland
SUI

ސްވިޒަލެންޑް

Switzerland · GROUP B

މިއީ، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްވިޒަލެންޑުން ވާދަކުރާ 13 ވަނަ ފަހަރެވެ. އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ސްވިޒަލެންޑުން ވާދަނުކުރި ނަމަވެސް، ޖެހިގެން އައި ހަތަރު ވޯލްޑް ކަޕްގައި ވެސް ސްވިޒަލެންޑުން ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި، 1954 ވަނަ އަހަރު ސްވިޒަލެންޑުގަައި ހޯސްޓްކުރި ވޯލްޑް ކަޕް ވެސް ހިމެނެ އެވެ. އެ ހަތަރު ފަހަރުގެ ތެރެއިން ސްވިޒަލެންޑުން ވަނީ ކުއާޓާ ފައިނަލުގައި ތިން ފަހަރު ކުޅެފަ އެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ސްވިޒަލެންޑުން ކުޅެފައިވާ 12 ފަހަރުގެ ތެރެއިން ހަތަރު ފަހަރު ނޫނީ ހުރިހާ ފަހަރެއްގައި އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފަ އެވެ. އެންމެ ފަހުން ކުޅުނު ތިން ވޯލްޑް ކަޕްގައި ވެސް ސްވިޒަލެންޑް ކެޓީ ގަދަ 16 ޓީމު ވާދަކުރާ ބުރުންނެވެ. އެންމެ ފަހުން ބޭއްވި ގަތަރު ވޯލް ކަޕްގެ ގަދަ 16 ބުރުގައި ސްވިޒަލެންޑް ބަލިވީ ޕޯޗުގަލް އަތުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕުން ސްވިޒަލެންޑުން ޖާގަ ހޯދީ ވާދަކުރި ކޮލިފައިން ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގައި ސްވިޒަލެންޑުން ކުޅުނު ހަ މެޗުން ވެސް ބަލިވެފައި ނުވެ އެވެ. ކޮސޯވޯ، ސްލޮވީނިއާ އަދި ސްވިޑެން ހިމެނުނު މި ގްރޫޕްގައި ސްވިޒަލެންޑް ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

ސްވިޒަލެންޑްގެ ކޯޗަކަށް ހުރީ އެ ގައުމަށް ދިހަ އަހަރު ކުޅެދީފައިވާ ކުރީގެ ކެޕްޓަން، މުރާތު ޔަކީން އެވެ. ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޔަކީން، ސްވިޒަލެންޑާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ސްވިޒަލެންޑްގެ ކޯޗުކަމުގައި އޭނާ މި ހޭދަކުރި ފަސް ވަރަކަށް އަަހަރު ތެރޭ ކުޅުނު 57 މެޗުގެ ތެރެއިން 24 މެޗުން ވަނީ މޮޅުވެފަ އެވެ. އޭގެ ތެރެއިން، 19 މެޗުން ބަލިވިއިރު، 14 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އާސެނަލާއި ބަޔާ ލެވަކޫސަނަށް ކުރިން ކުޅުނު މިޑްފީލްޑަރު، ގްރޭނިޓް ޝާކާގެ ކެޕްޓަންކަމުގައި ކުޅޭ ސްވިޒަލެންޑުން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު، ޖުމްލަ ގޮތެއްގައި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ފުރަތަމަ ބުރުގައި އެ ޓީމުގެ ޓްރެކް ރެކޯޑް ރަނގަޅެވެ. ސްވިޒަލެންޑަށް މައްސަލަ ދިމާވަނީ ނޮކައުޓް ބުރުގައި ކުރިއަށްދިއުމުގަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލެންޑް ހިމެނޭ ގްރޫޕަށް ބަލާއިރު، އިންޓަނޭޝަނަލް މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމުގެ ތަޖުރިބާ އާއި ޓީމުގެ ލެވަލަށް ބަލާއިރު، ގްރޫޕް ސްޓޭޖު ފަހަނައަަޅައި ދިއުމުގެ ފުރުސަތު ސްވިޒަލެންޑަށް ބޮޑެވެ. އެހެން ނަމަވެސް އެ ޓީމުގެ ކޯޗު ޔަކީން ހުރީ މުބާރާތުގެ އެއްވެސް މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި ނަގާ ގޮތަކަށް ނޫނެވެ.

ސްވިޒަލެންޑްގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16

ކުއާޓާ ފައިނަލް