← ހުރިހާ ޓީމެއް
Spain
ESP

ސްޕެއިން

Spain · GROUP H

ސްޕެއިން އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައިވެސް ފޭވަރިޓެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ނާކަމިޔާބީއާ ކުރިމަތިލާން ޖެހުނަސް، މި ފަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކުރިމަތިލާނީ ބޮޑެތި އުންމީދުތަކާ އެކު އެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު، ސްޕެއިން އިން ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި 2024 / 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކުރި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ސްޕެއިން މުބާރާތުގައި ވާދަކުރާ 17 ވަނަ ފަހަރެވެ. ސްޕެއިންގެ ފުރަތަަމަ ވޯލްޑް ކަޕަކީ 1938 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ސްޕެއިން ދަތުރުކުރިއެވެ.

ވިހި ވަނަ ގަރުނުގައި ސްޕެއިން ވޯލްޑް ކަޕްގެ ގިނަ މުބާރާތްތަކުގައި ވާދަކުރިއެވެ. އެ މުއްދަތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1950 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ހޯދުމެވެ. ސްޕެއިންގެ ގައުމީ ޓީމުގައި މޮޅެތި ކުޅުންތެރިންތަކެއް ތިބި ނަމަވެސް، ވޯލްޑް ކަޕްގެ ތައްޓެއް ހޯދުމަށް އެ ޓީމުން ކުރަމުންދިޔައީ ދިގު އިންތިޒާރެކެވެ. އެ އުންމީދު ހާސިލުވީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް މުބާރާތުގަ އެވެ.

ޒަވީ ހެނާންޑޭޒް، އަންދުރެސް އިނިއެސްޓާ، ޑޭވިޑް ވިޔާ، ކާލޮސް ޕުޔޯލް އަދި އިކާ ކަސިއަސް ހިމެނޭ ސްޕެއިންގެ "ރަން ޖީލު"ގެ ގޮތުގައި މަޝްހޫރުވި ޓީމުން އެ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ނެދަލެންޑްސް ބަލިކުރުމަށްފަހު އެވެ.

އެންމެ ފަހުގެ ޗެމްޕިއަނުން ގޮތުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކުރިމަތިލި ނަމަވެސް، މުބާރާތުގެ ގުރޫޕް ސްޓޭޖުން އެ ޓީމު ކެޓީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އޭގެ ފަހުން 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބޮޑެތި އުންމީދުތަކާއެކު ސްޕެއިން ކުރިމަތިލި ނަމަވެސް، މުބާރާތުގެ ދެވަނަ ބުރުން ވަނީ ކަޓައިފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިން ފެނުނީ ރަނގަޅު ފޯމެއްގަ އެވެ. ޔޫރަޕްގެ ކޮލިފައިންގައި ސްޕެއިން ހިމެނުނު ގުރޫޕްގައި ކުޅުނު ހަ މެޗުގެ ތެރެއިން، ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. ސްޕެއިން ޕޮއިންޓަކާއެކު ފުއްދާލަންޖެހުނީ ތުރުކީއާ ދެކޮޅަށް ކުޅުނު އެއް މެޗުގަ އެެވެ. ސްޕެއިން ކޮލިފައިންގައި ކުޅުނު ހަ މެޗުގައި 21 ލަނޑު ޖެހިއިރު، ސްޕެއިން ކޮޅަށް ވަނީ އެންމެ ދެ ލަނޑެވެ.

ސްޕެއިން މި ފަހަރުގެ ވޯލްޑް ކަޕަށްވެސް ކުރިމަތިލާނީ ވަރުގަދަ ސްކޮޑަކާއެކު އެވެ. ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ނަމަވެސް، މި ވަގުތު ސްޕެއިންގެ އެންމެ ވިދުުންގަދަ ތަރި އަކީ ޒުވާން ފޯވަޑް ލަމީން ޔަމާލް އެވެ. އުމުުރުން އެންމެ 18 އަހަރުގެ ޔަމާލް އަކީ 2024 ވަނަ އަހަރު ޔޫރޯ ސްޕެއިން ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މިއީ ޔަމާލްގެ ފުރަތަމަ ވޯލްޑް ކަޕެވެ.

ބެލޮންޑިއޯ އެވޯޑް އެވޯޑް ހޯދާފައިވާ މިޑްފީލްޑަރު ރޮޑްރީއަށް ނިމިގެންދިޔަ ސީޒަންގެ އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް، ވޯލްޑް ކަޕްގައި އޭނާ މުހިންމު ރޯލެއް އަދާކުރާނެ ކަަމަށް ބެލެވެ އެވެ. ސްޕެއިންގެ މެދުތެރެއިން ރޮޑްރީއާ އެކު، ޑެނީ އޮލްމޯ އާއި ޕެޑްރީ އާއި ގަވީ އަދި ފަބިއަން ރުއިޒްއަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ސްޕެއިންގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16

ކުއާޓާ ފައިނަލް

ސެމީ ފައިނަލް

ފައިނަލް