← ހުރިހާ ޓީމެއް
Netherlands
NED

ނެދަލެންޑްސް

Netherlands · GROUP F

ނެދަލެންޑްސް އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގައުމެކެވެ. ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމެއް އެންމެ ފުރަތަމަ އެކުލަވާލީ 1905 ވަނަ އަހަރެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ބޮޑެތި ގިނަ މުބާރާތްތަކުގައި ކުޅެ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް އެ ގައުމުން ވަނީ ހޯދައިފަ އެވެ

ނެދަލޭންޑްސްގެ ފުޓްބޯޅައިގައި މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބަކީ 1988 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރުމެވެ. ވޯލްޑް ކަޕްގެ ތަށި މިހާތަނަށް އުފުލާލާފައި ނެތް ނަމަވެސް، ނެދަލޭންޑްސް ވަނީ ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެ، ރަނަރަޕްގެ މަގާމް ހޯދައިފަ އެވެ.

އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވި ވޯޕްޑް ކަޕްގެ ފުރަތަމަ މުބާރާތުގައި ނެދަލޭންޑްސް އިން ބައިވެރިނުވީ ޔޫރަޕުން ދެކުނު އެމެރިކާއަށް ދަތުރުުކުރުމަށް ދާ ހަރަދު ބޮޑުވުމުންނެވެ. އެކަމަކު، އޭގެ ހަތަރު އަހަރު ފަހުން އިޓަލީގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ނެދަލޭންޑްސް ވާދަކުރިއެވެ. މިއީ، ނެދަލޭންޑްސްގެ ފުރަތަމަ ވޯލްޑް ކަޕް ތަޖުރިބާއެވެ.

ނެދަލެންޑްސް ވާދަކުރި ފުރަތަމަ ދެ ވޯލްޑް ކަޕް (1934 އަދި 1938) ގައި އެ ޓީމު ވަނީ ފުރަތަމަ ބުރުން

ކަޓައިފައެވެ. ވޯލްޑް ކަޕްގައި 1938 ވަނަ އަހަރު ވާދަކުރި ފަހުން، 1974 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަަށް ނެދަލެންޑްސް އެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ. ނެދަލެންޑްސްގެ މަޝްހޫރު ކްލަބް އަޔަކްސް އިން 1970ގެ އަހަރުތަކުގެ ތެރޭގައި ފައްކާކުރި "ޓޯޓަލް ފުޓްބޯލް"ގެ ޓެކްޓިކަލް ސިސްޓަމްއަށް ނެދަލެންޑްސްގެ ޓީމުން ވެސް 70ގެ އަހަރުތަކުގެ ތެރޭގައި ބައްޓަންކުރި އެވެ.

ނެދަލެންޑްސްގެ ކޯޗު ރައިނަސް މިކޭލްސް އަދި ލެޖެންޑް ޔޯހަން ކްރައިފް އިސް ސަފުގައި ތިބެ، ނެދަލެންޑްސްގެ ޓީމުގެ ފެންވަރު މައްޗަށް ޖެއްސި އެވެ. ނަތީޖާއަކަށްވީ 1974 އަދި 1978 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ފައިނަލާ ހަމައަށް ނެދަލެންޑްސް ދަތުރުކުރުމެވެ. އެހެން ނަމަވެސް، ދެ ފައިނަލްގައިވެސް ނެދަލެންޑްސް ވަނީ ބަލިވެފަ އެވެ.

ނެދަލެންޑްސް އިން ވަނީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތް އެ ޓީމު ނިންމާލީ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ނެދަލޭންޑްސް ދަތުރުކުރި އެވެ. އެކަމަކު ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ތިން ވަނަ ފަހަރުވެސް ނެދަލޭންޑްސްއަށް ކުރިމަތިވީ ނާކާމިޔާބެވެ. ފައިނަލްގައި ނެދަލޭންޑްސް ބަލިވީ ސްޕެއިން އަތުންނެވެ.

އޭގެ ހަތަރު އަހަރު ފަހުން ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި ނެދަލޭންޑްސް ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެންމެ ފަހުން 2022 ވަަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ނެދަލޭންޑްސް ދަތުރުކުރީ ކުއާޓާ ފައިނަލާ ހިސާބަށެެވެ.

ނެދަލެންޑްސްގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32