← ހުރިހާ ޓީމެއް
Japan
JPN

ޖަޕާން

Japan · GROUP F

ޖަޕާނަކީ އޭޝިއާގެ ފުޓްބޯޅަ ކުރިއެރުވުމުގެ ނަމޫނާ ދައްކަމުންދާ ގައުމެކެވެ. ޖަޕާން ފާހަގަކުރެވިފައިވަނީ އޭޝިއާ ބައްރުގައި އެންމެ ރޭވުންތެރި އަދި ދިގު މުއްދަތުގެ ޕްލޭނަކަކާއެކު ފުޓްބޯޅަ ކުރިއެރުވުމަށް، ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަމުންދާ ގައުމެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ނަތީޖާ 2000ގެ ކުރީކޮޅުން ފެށިގެން ޖަޕާނުން ދަނީ ދައްކަމުންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ފުޓްބޯޅައިގައި ޖަޕާނުން ހޯދާފައިވަނީ ތައުރީފު ހައްގު ކުރިއެރުންތަކެކެވެ.

ޖަޕާންގައި ފުޓްބޯޅަ "ޕްރޮފެޝަނަލް" ކުޅިވަރެއްގެ ގޮތަށް ބަދަލުވީ 90ގެ ކުރީކޮޅެވެ. އެ ހިސާބުން ފެށިގެން، ޖަޕާނުން ވަނީ ފުޓްބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ފްރާންސްގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ފެށިގެން ޖަޕާން ވަނީ ހުރިހާ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ވޯލްޑް ކަޕްގައި ޖަޕާން ވަނީ މިހާތަނަށް ހަތަރު ފަހަރު ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

އޭޝިއާގެ ފުޓްބޯޅައިގައި ޖަޕާނަކީ ވަރުގަދަ ބާރެކެވެ. ޖަޕާނުން ވަނީ ޖުމްލަ ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، ފީފާ ރޭންކިންގައި އޭޝިއާގެ އެއްވަނަ މަގާމުގައި އޮތީ ޖަޕާނެވެ.

ޕްރޮފެޝަނަލް ކުޅިވަރަކަށް ފުޓްބޯޅަ ބަދަލުކޮށް، އެންމެ ފުރަތަމަ ޖަޕާން ކުރިމަތިލީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުނުވި އެވެ. އޭގެ ހަތަރު އަހަރު ފަހުން ފްރާންސްގައި އޮތް ފީފާ ވޯލްޑް ކަޕަށް ޖަޕާން ކޮލިފައިވި އެވެ. އެކަމަކު އެ މުބާރާތުގައި ޖަޕާން ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ކަޓައިފަ އެވެ.

ޖަޕާނާއި ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޖަޕާން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ފުރަތަމަ މެޗުގައި ބެލްޖިއަމްއާ 2-2 އިން އެއްވަރުވި ނަމަވެސް، ދެން ކުޅުނު ދެ މެޗުގައި ރަޝިއާ އާއި ޓިއުނީޝިއާ އަތުން ޖަޕާން ވަނީ މޮޅުވެފަެވެ. ދެވަނަ ބުރުން ޖަޕާން ކެޓީ ތުުރުކީ އަތުން ބަލިވުމުންނެވެ.

ޖަޕާނުން ވަނީ 2006، 2010، 2014 އަދި 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ މުބާރާތްތަކަށް ކޮލިފައިވެފަ އެވެ. އޭގެ ތެރެއިން 2010، 2018 އަދި 2022ގައި އެ ޓީމުން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ޖަޕާނަކީ 2026 ގެ މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކޮލިފައިންގެ ދެ ބުރުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ ހޯދީ ބާކީ މެޗުތައް އޮއްވަ އެވެ. މިއާއެކު އެ ގައުމު ވެގެންދިޔައީ މުބާރާތް ބާއްވާ ގައުމުތައް ފިޔަވައި، ކޮލިފިކޭޝަން ކަށަވަރުކުރި ފުރަތަމަ ގައުމަށަށެވެ.

ކޮލިފައިންގެ ދެވަނަ ބުރުގައި ޖަޕާނުން ގުރޫޕްގެ އެއްވަނަ ހޯދީ ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެގެންނެވެ. މި ގުރޫޕްގައި އޭޝިއާގެ ވަރުގަދަ ދެ ޓީމު ކަމަށްވާ ސައުދީ އަރަބިއްޔާ އާއި އޮސްޓްރޭލިއާވެސް ވާދަކުރިއެވެ.

ޖަޕާންގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32