← ހުރިހާ ޓީމެއް
Iran
IRN

އީރާން

Iran · GROUP G

މި އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭނެ އެއް ގައުމަކީ އިރާން އެވެ. އެކަމަކު، އެއީ މުބާރާތަށްވުރެ ބޮޑަށް، އިރާން – އެމެރިކާ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ.

އިރާން އަކީ އޭޝިއާގެ ގަދަ ބާރެކެވެ. އޭޝިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ގައުމެކެވެ. އެކަމަކު ވޯލްޑް ކަޕްގައި މިހާތަނަށް ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭގޮތެއް ނުވެ އެވެ. އިރާން އެންމެ ފުރަތަމަ ފީފާ ވޯލްޑް ކަޕެއްގައި ވާދަކުރީ 1978 ވަނަ އަހަރު އެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުން އިރާން ވަނީ ކަޓައިފަ އެވެ.

އޭގެ ފަހުން ދިގު މެދުކެނޑުމަކަށްފަހު، އިރާން ވޯލްޑް ކަޕްގައި ވާދަކުރީ 1998 ވަނަ އަހަރު އެވެ. ފްރާންސްގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އިރާން ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އިރާން 2014 ވަނަ އަހަރު ފެށިގެން ހުރިހާ ވޯލްޑް ކަޕަށް ވެސް ވަނީ ކޮލިފައިވެފަ އެވެ. އެހެން ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވެެ އެވެ.

އޭޝިއާގެ ކޮލިފައިންގެ ދެ ވަނަ ބުރު އީރާން ނިންމާލީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އެ ފޯމު ތިން ވަނަ ބުރުގައިވެސް ދަމަހައްޓައި، އެ ޓީމު ތިން ވަނަ ބުރު ނިންމާލީ ގުރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން އީރާން މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. އީރާން ބަލިވީ އެންމެ މެޗަކުންނެވެ.

ތަޖުރިބާ މަދު ގިނަ ކުޅުންތެރިން ހިމެނޭ އިރާންގެ ޓީމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނީ ގްރީސްގެ އޮލިމްޕިއާކޮސް އަށް ކުޅެމުންދާ ތަޖުރިބާކާރު ފޯވަޑް މެހްދީ ތަރޭމީ އެވެ. އިރާންގެ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުލެފައިވާ ތަރޭމީ އަކީ އެޓޭކްގައި މުހިންމު ތަނބެއްގެ އިތުރުން، ޓީމުގެ ލީޑު ކުރުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާނެ ކުޅުންތެރިޔާ އެވެ.

އިރާން ގޯލްކީޕަރު އަލިރެޒާ ބެއިރަންވަންދަކީ ވޯލްޑް ކަޕްގެ ތަޖުރިބާ ލިބިފައިވާ ކީޕަރެވެ. ވޯލްޑް ކަޕްގައި އެ ތަޖުރިބާގެ މުހިންމުކަން އިރާނަށް ބޮޑެވެ. އިރާންގެ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިން ހިމެނެ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި އީރާންގެ ޓީމުން ޒުވާން ތަރިއެއް ފެނިދާނެ އެވެ.

އީރާންގެ މެޗުތައް

ގްރޫޕް ސްޓޭޖް