← ހުރިހާ ޓީމެއް
Czechia
CZE

ޗެކިއާ

Czechia · GROUP A

މި ފަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް އެންމެ ފަހުން ޔަގީންކުރި ތިން ގައުމުގެ ތެރެއިން އެއް ގައުމަކީ ޗެކް ރިޕަބްލިކް އެވެ. މިއީ، ޗެކް ރިޕަބްލިކުން ވޯލްޑް ކަޕަށް ކޮލިފައިވި 10 ވަނަ ފަހަރެވެ. ކުރިން ޗެކޮސްލޮވާކިއާގެ ނަމުގައި ވޯލްޑް ކަޕްގައި ކުޅުނު ޗެކް ރިޕަބްލިކުން އެ ނަމުގައި ހަމައެކަނި ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން އެ ޓީމުން މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައި މި ވަނީ 20 އަހަރު ފަހުންނެވެ..

ވޯލްޑް ކަޕް ކޮލިފައިންގެ ޔުއެފާ ބުރުގެ ގްރޫޕް އެލްގައި ވާދަކޮށް، ކްރޮއޭޝިއާގެ ފަހަތުން ދެ ވަނަ އަށް ދިއުމުން، ޗެކް ރިޕަބްލިކް ކުޅެން ޖެހިފައިވަނީ ޕްލޭއޮފް ބުރުގަ އެވެ.. ޕްލޭއޮފް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އަޔަލެންޑްގެ މައްޗަށް ކުރިހޯދި، ޗެކް ރިޕަބްލިކުން ވަނީ ޕްލޭއޮފް ފައިނަލުގައި އަމިއްލަ ދަނޑުގައި ކުޅެގެން ޕެނަލްޓީ ޖަހައިގެން ޑެންމާކް ބަލިކޮށްފަ އެވެ. ޕްލޭއޮފްގެ ދެ މެޗުން ވެސް ޕެނަލްޓި ޝޫޓައުޓްގައި މޮޅުވެ، މިހާތަނަށް ވޯލްޑް ކަޕަަކަށް ކޮލިފައިވި ޔޫރަޕްގެ ހަމައެކަނި ގައުމަކީ ޗެކް ރިޕަބްލިކް އެވެ..

ސާޅީސް އަހަރަށް ވުރެން ދިގު މުއްދަތަކަށް ކޯޗިން ތަޖުރިބާހުރި މިރޮސްލާވް ކޫބެކް، ޗެކް ރިޕަބްލިކްގެ ކޯޗުކަމާ ހަވާލުވެފައިވަނީ މިދިޔަ ޑިސެމްބަަރު މަހު އެވެ. އެ ޓީމުގެ ކަންކަން ހަމަޔަކަށް އަޅުވާލުމަށްޓަކައި ކުރު މުއްދަތެއް ލިބުނު ކަމުގައި ވިޔަސް ޗެކް ރިޕަބްލިކް ގޮވައިގެން ކޫބެކް ކުރީ ތައުރީފު ހައްގު މަސައްކަތެކެވެ. އޭނާ އަށް ޓީމު އެކުލަވާލުމަށްޓަކައި ލިބުނު އެންމެ ބޮޑު ފަސޭހަ އަކީ، މީގެ 10 ވަރަކަށް އަހަރު ކުރިން، އޭނާއާ އެކު ޗެރިޕަބްލިކްގެ 19 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކުރި ބައެއް ކުޅުންތެރިން މިހާރު ސީިނިއާ ޓީމުގައި ތިބުމެވެ.

ވިހި އަހަރު ފަހުން ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު ޗެކް ރިޕަބްލިކުން ހޯދި ނަމަވެސް އެ ޓީމަކީ ބައިނަލްއަގުވާމީ ލެވަލްގައި ރަނގަޅު މެޗުތަކެއް ކުޅެފައިވާ ޓީމެކެވެ. ރަނގަޅު ލީގުތަކުގައި ގަވާއިދުން ކުޅޭ ކުޅުންތެރިން ވެސް ހިމެނޭ ޓީމެކެވެ. އެ ގޮތުން، ޗެކް ރިޕަބްލިކުން އަންނަނީ، 1996 އިން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރަމުންނެވެ. އޭގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ ކަމަކީ، 2004 ގައި ޗެކް ރިޕަބްލިކުން ޔޫރޯގެ ސެމީގައި ކުޅެފައިވުމެވެ. އެކަމަކު، އެންމެ ފަހުން، 2024 ގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ޗެކިއާގެ މެޗުތައް

ގްރޫޕް ސްޓޭޖް